Copyright © Oala Media 2020

What is Oala App?

އޯލަ އެޕްއަކީ ކޮބާ؟

މިއީ ރައްކާތެރި، ފަހި މާހައުލެއްގައި ކުދިވެރިންނަށް ކަމުދާނޭ ހިތްގައިމު ދިވެހި ބަހުގެ ވާހަކަތަކެއް މެދުނުކެނޑި ފޯރުކޮށްދޭނެ ކުޑަކުދިންގެ ވާހަކަ އެޕްއެކެވެ.

މިވަގުތު ފަށައިގަންނަ އިރު އޯލަ ފޮތްހަރުގައި ހުންނާނީ އުމުރުން 7 އަހަރުން ދަށުގެ އުމުރު ފުރައަށް ގިންތިކުރެވިފައިވާ ވާހަކައެވެ. މާތް ﷲ ގެ ވާގިފުޅާ ހިތްވާރާއެކު ކުރިއަށް އޮތް ދުވަސްތަކުގައި އިތުރު އުމުރުފުރައާގުޅޭ ވާހަކަތަކުން ހަރުގަނޑުތަށް ފުރާލުމުގެ އުއްމީދު އަރުވެމެވެ.

މަމެން ދެކޭ ގޮތުގައި މިކަމަށް އެދޭ ކުދިބޮޑު އެތައް ބަޔަކު ރާއްޖޭގެ އެކި ހިސާބުތަކުގައި އެބަތިއްބެވެ. އޯލަ ކުރިއަށް ގެންދިއުމަށް ތިޔަ އެކުވެރިންގެ ޚިޔާލު ވަރަށް މުހިއްމު، އަދި އުފަލާއި އެކު ބަލައިގަންނާނެކަން ކަށަވަރު ކޮށްދެމެވެ.

 

އޯލައިގެ އުސޫލް

ރައްކާތެރި މާހައުލެއް ފޯރުކޮށްދިނުމަކީ މަމެން އެންމެ އިސްކަމެއްދޭ އުސޫލެވެ.

އޯލައިގެ އުންމީދް

ރައްކާތެރި، އޯގާތެރި، އިހްލާސްތެރި، އަދި ތޫނުފިލި ޖީލެއް ބިނާ ކުރުން.

 

 

What is Oala App?

A children’s story book app which aims to continuously provide reading material in Dhivehi language to early readers in a safe, fun and engaging environment.

For now, the app will cater for the early reader age group of children under the age of 7 years and hope to add more age categories in the future.

Oala bookshelves will be filled with interactive, fun and engaging reading material for children which encapsulates our everyday Maldivian culture and traditions.

Our mission at all times is to provide a safe space for children to interact and learn independently.

Our vision is to help create a generation of Maldivians who are protected, kind, loyal, thoughtful and intelligent.