Copyright © Oala Media 2020

އޯލަ ދިވެހި ބަހުގެ އަޑުތަކުގެ އޮނިގަނޑު 1.0

އޯލަ ދިވެހި ބަހުގެ އަޑުތަކުގެ އޮނިގަނޑު 1.0

ޅަފަތުގައި ކުދިންގެ ކިޔުމުގެ ހުނަރު ތަރައްގީކުރުމަކީ ކުދިންގެ ހަޔާތުގެ ކާމިޔާބީ އާއި ގުޅިފައިވާ ވަރަށްމުހިންމު ހުނަރެކެވެ. ދިރާސާތަކުން ދައްކާގޮތުގައި ކުއްޖާގެ ބަހުގެ ކުރިއެރުން ސީދާ ގޮތެއްގައި ގުޅިފައިވަނީ އެކުއްޖެއްގެ ބަސްކޮށާރުގެ މުއްސަނދިކަމާއެވެ. މި މުއްސަނދިކަން އިތުރުކުރުމަށްޓަކައި ވީހާވެސް ގިނަ ލަފުޒުތަކަށް ކުދިން ހުށަހަޅަންޖެހެއެވެ.

މިގޮތުން ،ކިޔުމުގެ ސައިންސް‘ (Science of Reading) ބުނެދެނީ ކުދިންގެ ކިޔުމުގެ ހުނަރު ތަރައްގީ ކުރުމަށް، އެންމެ ފުރަތަމަ ތަރައްގީ ކޮށްދޭންވީ ލަފުޒެއްގެ އަޑުތައް (phoneme) އަދި އެ އަޑުތައް ރަމްޒުކޮށްދޭ އަކުރުތައް (grapheme) ދެނެގަތުމުގެ ހުނަރުތަކެވެ. އަދި މި ކަންފަތައް އިވޭ އަޑުތަކާއި ލިޔެފައި އޮންނަ އަކުރުތަކާއި ވާ ގުޅުން ދެނެގަތުމުގެ ގާބިލުކަން އުނގަންނައި ދޭ އޮނިގަނޑަށް މިކިޔަނީފޯނިކްސްއެވެ.
މިސާލު:
     ކުއްޖަކަށް /ސ/ އަޑު އިވުމުން އެއަޑު ރަމްޒު ކޮށްދޭ އަކުރު ނުވަތަ ނިޝާނަކީސކަން އެނގުމެވެ.
     ނުވަތަ /ސަ/ މި އަޑު އިވުމުން އެއީ /ސ/ އަޑާއި / ◌ަ / އަޑު އެއްވެގެން ނިކުންނަ އަޑެއްކަން ދެނެގަންނަން އެނގުމާއި އެ އަޑު ރަމްޒު ކޮށް ދިނުމަށްސަލިޔަން ކިޔަން އެންގުމެވެ.

މިގޮތަށް ކިޔަން ދަސްކޮށްދޭން ފެށުމުން ޒަމާނުއްސުރެ އަޅުގަނޑުމެން ބަސް އުނގަންނައިދެމުން އައި އަކުރުތައް ދަސްކޮށްދީގެން ލިޔަން ކިޔަން ދަސްކޮށްދިނުން ނިމުމަކަށް އައީ އެވެ. މާނައަކީ ކުރިން އަަހަރެމެންހއިންހޯނުކަމަށް ބުނެދިން ނަމަވެސް، އަދުގެ ސައިންސު ބުނެދެނީހމި އަކުރުގެ އަޑު /ހ/ އިއްވުމަށްފަހު، /ހޯނު/ މި ލަފްޒު ކުއްޖާއަށް އިއްވައިދިނުމަށެވެ. މީގެ ސަބަބުން ކުއްޖާއަށް ލަފުޒުތައް ބިނާވެފައިވާ ގޮތް ފަސޭހައިން ދެނެގަނެވޭނެއެވެ.

އޯލަ ގެ މިދިވެހިބަހުގެ އަޑުތަކުގެ އޮނިގަނޑުނުވަތަދިވެހި ފޯނިކްސްއަކީ މި ބުނެދެވުނު ނަޒަރިއްޔާތައް އޮލަނބުކުރެވިގެން ތައްޔާރު ކުރެވިފައިވާ ދިވެހިބަހުން ކިޔުން އުނގަންނައި ދިނުމަށް ތައްޔާރު ކުރެވިފައިވާ އޮނިގަނޑެކެވެ. އޮނިގަނޑު ތައްޔާރު ކުރުމަުގައި ބަލައިފައިވާނޭ މައިގަނޑު ކަންތައްތައް:

  1. އަޑުގެ ގުނަވަންތަކާއި ޖަގަހަތަކަށް ރިއާއަތް ކުރެވެން ޖެހޭނެކަން
  2. އަޑު އިވުމުގެ ހިއްސާއި ފެނުމުގެ ހިއްސު އެކުލެވިގެން ވާ ކަމެއްކަން
  3. އުނގަންނައި ދިނުމުގައި ކުއްޖާގެ ސިކުނޑީގެ ތަރައްގީގެ ހަރުފަތްތަކަށް އޮލަނބު ވާން ޖެހޭ ކަމެއްކަން
  4. އުނގެނުމުގެ ވަސީލަތްތައް އުފެއް ދުމުގައި ފަސޭހައިން މި އޮނގަނޑަކީ އަހުލުވެރިވެވޭނޭ އޮނިގަނޑަކަށް ވާން ޖެހޭނެކަން.

މި އޮނިގަނޑުގެ ތަފުސީލުތަކަށް ދިއުމުގެ ކުރިން، ޑރ. ހަސަން ހަމީދަށް އޯލަގެ ފަރާތުން ވަރަށް ހާއްސަ ޝުކުރެއް އަދާކުރަމެވެ. މި އޮނިގަނޑު އެކުލަވާލުމުގައި މައިގަނޑު މަސްދަރެއްގެ ގޮތުގައި ބޭނުންކޮށްފައިވަނީ ޑރ. ހަސަންގެ ބުލޮގުގައި ދިވެހިބަހުގެ އަޑުތަކާ ބެހޭގޮތުން ލިޔުއްވާފައިވާ މުހިންމު ލިޔުންތަކެވެ.

އަޑުގެ ގުނަވަންތަކާއި ޖަގަހަތަކަށް ރިއާއަތް ކުރެވެން ޖެހޭނެކަން

އިންސާނުން ވާހަކަ ދެއްކުމުގައި ނެރޭ ގިނަ އަޑުތައް ނެރެނީ އަނގައި ތެރޭގައި ނުވަތަ ކަރުގެ ތެރޭގައި ރާރާ އަޅުވާ ނޭވާ ބޭރަށް ލައިގެންނެވެ. މިގޮތަށް ނެރޭ އަޑުތައް ތަފާތުކުރުމުގައި އަނގައިގެ ތެރޭގެ އެކި ހިސާބުތަކުން އެކި ގުނަވަންތަކުން އަޑު އުފައްދައެވެ. މިގޮތަށް ނެރެވޭ އަޑުތައް ދެބަޔަކަށް ބެހިގެން ވެއެވެ. އެއީ، ފިއްތި (consonants) އަޑުތަކާއި ދޫ (vowels) އަޑުތަކެވެ.
ފިއްތި އަޑުތަކަކީ، އަޑުފޮށި (ގްލޮޓިސް) ތެރެއިން އަޑު ނުކުންނައިރު، އަނގައިގެ އެކި ހިސާބުތަކުގައި އެކި ގޮތްގޮތަށް ފިތިގެން ނިކުންނަ އަޑުތަކެވެ. ލީން ނުވަތަ ދޫ އަޑުތަކަކީ ފުއްޕާމެއިން ވައި ނުކުންނައިރު ލަގޮނޑީގައިވާ ރާރާ ތުރުތުރުއެޅުމާ އެކު ހިފެހެއްޓުމެއް، އަޅައިގަތުމެއް ނެތި އަޑުގެ ގުނަވަންތަކުން އިއްވާ އަޑުތަކެވެ. ދިވެހި ބަހުގައި މިގޮތުން 29 ފިއްތި އަޑާއި 10 ދޫ އަޑު ހިމެނިގެން ވެއެވެ.

ފިއްތި އަޑުތައް

އަޑު އުފައްދާ ގޮތް
Manner of Articulation
ދެތުންފަތް
Bilabial
ތުންފަތާއި ދަތް
Labiodental
ދަތް
Dental
ހިރުގަނޑު
Alveolar
ހިރުގަނޑުމަތި
Post-Alveolar
އިދިފުށައް ތަލީގައި
Retroflex
ހަރުތަލި
Palatal
މަޑުތަލި
Velar
ކުޑަދޫ
Uvular
ފެރިންޖީއަލް
Pharyngeal
އަޑު/ލަގޮނޑި
Glottal
ބަންދުކޮށް ކުއްލިއަކަށް ހުޅުވާލުން
Plosive Prenasalised
ބ ޕ ނބ
p, b
ދ ތ ނދ
t d
ޑ ޓ ނޑ
ʈ ɖ
ޖ ޗ
c ɟ
ގ ކ ނގ
k ɡ
q ɢʔ
ނޯށުން
Nasal
މ
m
ɱނ
n
ɳޏ
ɲ
ން
ŋ
ɴ
ތުރުތުރުއެޅުވުން
Trill
ʙރ
r
ʀ
އެއް ތުރުތުރުން
Tap or Flap
ɾ ɽ
ފިސްވާވަރަށް ގާތުން
Fricatives
ɸ βފ ވ
f v
θ ðޒ ސ
s z
ʃ ʒʂ ʐށ
ç ʝ
x ɣχ ʁħ ʕހ
h ɦ
ދުލުގެ އަރިމަތިން ފިސްކޮށް
Lateral Fricative
ɬ ɮ
ކިރިޔާ ފިސްނުވާވަރަށް ގާތުން
Approximant
ʋɹɻޔ
j
ɰ
ގުނަވަނުގެ މެދުގަ ޖައްސާފައި
Lateral Approxiant
ލ
l
ޅ
ɭ
ʎ ʟ

ފިއްތި އަޑުތަކަކީ، އަޑުފޮށި (ގްލޮޓިސް) ތެރެއިން އަޑު ނުކުންނައިރު، އަނގައިގެ އެކި ހިސާބުތަކުގައި އެކި ގޮތްގޮތަށް ފިތިގެން ނިކުންނަ އަޑުތަކެވެ. މިއަޑުތައް އުފެއްދުން ބިނާވެގެންވަނީ މައިގަނޑު ތިންސިފައެއްގެ މައްޗަށެވެ. އެއީ،

  • އަޑު ނެރޭ ތަން ނުވަތަ ޖަގަހަތައް
  • އަޑު ފިތޭ ގޮތްތައް
  • އަޑު ނުކުންނަ އިރު އަޑުފޮށީ ގައިވާ ރާރާގެ ތުރުތުރު 

އަޑު ނެރޭތަން ނުވަތަ ޖަގަހަތައް:

އަޑު ނެރޭ ތަން ކަމަށް ބުނެވެނީ އަޑު އުފައްދާ ތަނަށެވެ.
މިސާލު:
     /ފ/ އަޑު އުފައްދާއިރު، މަތީ ދަތްފިލާގައި ތިރީ ތުންފަތް ކިރިޔާ ޖައްސައިގެން އަޑު ނެރެވެއެވެ. ފޮނެޓިކްސްގައި މިފަދަ އަޑުތަކަށްލޭބިއޯޑެންޓަލް” (labiodental) ނުވަތަ ތުންފަތްދަތުގެ އަޑުތައް ކިޔައެވެ. މިގޮތުން ދިވެހިބަހުގައި އަޑު ނެރޭ ތަންތަން ތިރީގައި ފާހަގަކޮށްލާނަމެވެ.

ދެތުންފަތް: ބ، ޕ، މ
އަޑުގެ މަޚްރަޖައަކީ ދެ ތުންފަތެވެ. ތުންފަތް ބޭނުންކޮށްގެން ކިޔާ އަޑުތަކުގައި ހިމެނެނީ /ބ/ ، /ޕ/ ، /މ/ އެވެ.
/ބ/ ބަސް، ބިސް، ބިޗޫ ، ބަތް
/ޕ/ ޕާން ، ޕަރީ، ޕާކު، ޕާޓީ ، ޕާރުސަލް
/މ/ މަސް، މަޑި، މަގޫ، މާ

ތުންފަތާއި ދަތް: ވ، ފ
މި އަޑުތަކުގެ ޖަގަހައަކީ ތިރީ ތުންފަތާއި މަތީ ދަތްޕިލާ އާ ދޭތެރޭ ވައި ފިއްތާލެވޭ ލެވުމެކެވެ. މިއަޑުތަކުގެ ތެރޭގައި ހިމެނެނީ /ވ/ އަދި /ފ/އެވެ.
/
ވ/ ވަދު ، ވިނަ، ވިލާ، ވާ
/ފ/ ފައި، ފަޅޯ، ފުނާ، ފިޔާ

ދަތް: ދ، ތ، ލ
މި އަޑުތަކުގެ ޖަގަހައަކީ މަތީ ދަތްޕިލައިގެ ދަތްތަކުގައި ދޫ ޖައްސާ ފިއްތާ ފިއްތުމެވެ. މި އަޑުތަކުގެ ތެރޭގައި ހިމެނެނީ /ދ /ތ/ އަދި /ލ/ އެވެ.
/ދ/ ދިދަ ، ދާ، ދަތް، ދޫނި
/ތ/ ތަޅު، ތަށި، ތެލި، ތޮފި
/ލ/ ލާރި، ލޯ، ލިބާސް، ލުނބޯ

ހިރުގަނޑު: ނ، ރ، ޒ، ސ
މި އަޑުތަކުގެ ޖަގަހަ އަކީ ހިރުގަނޑުގެ މައްޗެވެ. އެލްވިއޮލާ އެވެ. އެލްވިއޮލާ ފޯނީމްތަކުގައި ހިމެނެނީ /ނ /ރ /ޒ/ އަދި /ސ/ އެވެ
/ނ/ ނައު، ނަނު، ނަގިލި، ނޯޓު
/ރ/ ރަށް ، ރުއް، ރޮށި، ރެހި
/ޒ/ ޒަރާފާ ، ޒިލޭބީ، ޒަހަރު، ޒައިތޫނި
/ސ/ ސިޓީ ، ސިންގާ، ސިކުނޑި، ސައިފަތް

އިދިފުށައްތަލީގައި: ޑ، ޓ، ޅ
މި އަޑުތައް ނެރޭ އިރު ދުލުގެ ކުރި ފަހަތަށް ލަންބާ އިދުފުއް ތަލީގައި ޖައްސަން ޖެހޭނެއެވެ.. ދިވެހިބަހުގެ ރެޓްރޯފްލެކްސް ފިއްތި އަޑުތަކަކީ  /ޑ /ޓ/ އަދި /ޅ/ އެވެ.
/ޑ/ ޑަބިޔާ، ޑޮންޑޮން، ޑައިރީ، ޑައިނަމައިޓު
/ޓ/ ޓުކުރި، ޓައި، ޓަކި، ޓައިރު، ޓޮނިކު
/ޅ/ ޅާނބު، ޅޮސްމިޔަރު، ޅޮސްފަނި,

ހަރުތަލި: ޖ، ޗ، ޏ، ށ، ޔ
ހަރުތަލީގެ އަޑުތަކަށް ކިޔަނީޕެލެޓަލްއަޑުތަކެވެ. ޕެލެޓަކީ ތައްޔެވެ. ދިވެހިބަހުގައި ހަރުތަލީގެ ފަސް އަޑެއް ހިމެނެއެވެ. އެއީ /ޖ/ޗ /ޏ /ށ/ އަދި /ޔ/ އެވެ.
/ޖ/ ޖަގު، ޖޯޑު، ޖޭމު، ޖަމަލު
/ޗ/ ޗާޓު، ޗޭނު، ޗީޒު، ޗިޗަންޑާ
/ޏ/ ޏަމް ޏަމް
/ށ/ ށ
/ޔ/ ޔާގޫތު، ޔޯޔޯ، 

މަޑުތަލި: ގ ކ
މަޑުތަލި (soft pallets or velum)މިތަނުން ނެރޭ އަޑުތަކަށް ކިޔާނީވީލާއަޑު ތަކެވެ. ދިވެހިބަހުގައި ވީލާ ހަތަރު އަޑު ހިމެނެއެވެ.  /ކ/ އަދި /ގ/ އެވެ. މި ދެއަޑު ނެރޭއިރު  ދުލުގެ މެދު ޖެހޭނީ މަތީ ތަލީގައެވެ.
/ގ/ ގަޑި، ގެ ، ގެރި، ގުއި، ގޮޅާ
/ކ/ – ކިލާފަނި، ކަރާ، ކޯރި، ކޮވެލި

އަޑު/ލަގޮނޑި: ހ
އަޑު ފޮށި ނުވަތަ ގްލޮޓިސް އިން ނެރޭ އަޑުތަކުގެ ތެރެއިން ދިވެހީން ލަފުޒު ކިޔާއިރު ނެރޭ ހަމައެކަނި އަޑަކީ /ހ/ ގެ އަޑެވެ. ގްލޮޓިސްއިން ނެރޭ އަޑަށް ގްލޮޓަލް އަޑޭ ކިޔައެވެ
/ހ/ ހޯނު، ހިނި، ހާ، ހިކަނދި

އަޑު ފިތޭ ގޮތް

އަޑު ފިތޭ ގޮތް މާނަކުރެވެނީ އަނގައިން ވަކި އަޑެއް އިއްވާއިރު، ފުއްޕާމެއިން ނިކުންނަ ވައި ހިފެހެއްޓޭ ގޮތް ނުވަތަ ވައި ފިއްތާ ގުނަވަންތަކުން ވައި ފިތޭ މިންވަރާއި ގޮތަށެވެ. މިގޮތުން ފޮނެޓިކްސް ގެ ބޭނުމަށް އަޑުފިތޭގޮތް އަށް ބަޔަކަށް ބެހިގެންވެއެވެ.

ވައި ނުކުތުން ބަންދުކޮށްލުން (Plosive )
މިއީ އަޑު ނެރޭ ނޮޅިއަށް ވައިފޮނުވުމަށްފަހު، ވަކި ގޮތަކަށް ހުއްޓުވައި ކުއްލި އަކަށް ދޫކޮށްލައިގެން ނެރޭ އަޑުތަކެވެ. މިސާލަކަށް /ޕ/ އަޑު ނެރުމުގެ ވައިފޮނުވާލުމަށްފަހު ދެތުންފަތުން ކުޑަ ހިނދުކޮޅަކަށް ވައި ހިފެހެއްޓުމަށްފަހު ކުއްލި އަކަށް ދޫކޮށްލައެވެ. ދިވެހިބަހުގައި މިގޮތައް އަޑުނެރޭ ފިއްތި އަޑުތަކަކީ:
/ބ/ ބަސް ، ބިސް، ބިޗޫ ، ބަތް
/ޕ/ ޕާން ، ޕަރީ، ޕާކު، ޕާޓީ ، ޕާރުސަލް
/ދ/ ދިދަ ، ދާ، ދަތް، ދޫނި
/ތ/ ތަޅު، ތަށި، ތެލި، ތޮފި
/ޑ/ ޑަބިޔާ، ޑޮންޑޮން، ޑައިރީ، ޑައިނަމައިޓު
/ޓ/ ޓުކުރި، ޓައި، ޓަކި، ޓައިރު، ޓޮނިކު
/ޖ/ ޖަގު، ޖޯޑު، ޖޭމު، ޖަމަލު
/ޗ/ ޗާޓު، ޗޭނު، ޗީޒު، ޗިޗަންޑާ
/ގ/ ގަޑި، ގެ ، ގެރި، ގުއި، ގޮޅާ
/ކ/ – ކިލާފަނި، ކަރާ، ކޯރި، ކޮވެލި

ނޯށުން ވައި ބޭރުކުރުން (ނޭސަލް)
ނޯށުން ވައި ބޭރުކުރުމަކީ މަޑުތަލި ތިރިކޮށް ދެތުންފަތުން އަނގަ ބަންދުކޮށް އަޑުނެރުމެވެ. ދިވެހިބަހުގައި މިގޮތައް އަޑުނެރޭ ފިއްތި އަޑުތަކަކީ:
/މ/ މަސް، މަޑި، މަގޫ، މާ
/ނ/ ނައު، ނަނު، ނަގިލި
/ޏ/ ޏަމް ޏަމް

ދުލުން ނުވަތަ ކުޑަދުލުން ރާރާއެޅުން (Trill)
ދުލުން ނުވަތަ ކުޑަދުލުން ރާރާއެޅުން ކިޔެނީ އަވަސް އަވަހަށް ދުއްލައް ލެއްވޭ ތުރުތުރަކަށެވެ. ނުވަތަ ވިހުރުމަކަށެވެ.
/ރ/ ރަށް ، ރުއް، ރޮށި، ރެހި
/ރ/ ގެ އަޑު ނެރޭ އިރު، ދުލުގެ ކުރި ގެންގޮސް މަތީ ހިރުގަނޑުގެ އެތެރޭގައި ޖެއްސުމަށްފަހު ވައި ބޭރު ކުރާއިރު، ފިއްތުމަކާއެކު ދުލަށް ތުރުތުރެއް ގެނައުމުން /ރ/ މި އަޑު ނިކުމެއެވެ.

ޓަކިޖެހުން (Tap)
ޓަކި އަޑަކީ، ދޫ، އެއްފަހަރު ތަނަކު ޖައްސާ ނެރޭ އަޑެކެވެ. ޓެޕްގެ ޙަޤީޤީ މާނައަކީ ފުއްޓަކި ނުވަތަ ޓަކި ޖެހުން ފަދަ ގޮތަކަށް ޖެހުމެވެ.ދިވެހި ބަހުގައި ޓެޕްއެއް އަދި ފްލެޕެއް ނުހިމެނެއެވެ

ހަނި ޖާގައަކުން އަޑު ނެރުން (Fricative)
މިއީ އަޑުގައި ކުޑަ ހިފެހެއްޓުމަކާއި އެކު ނެރެވޭ އަޑުތަކެވެ. ދިވެހިބަހުގައި މިގޮތައް އަޑުނެރޭ ފިއްތި އަޑުތަކަކީ:
/ޒ/ ޒަރާފާ ، ޒިލޭބީ، ޒަހަރު، ޒައިތޫނި
/ސ/ ސިޓީ ، ސިންގާ، ސިކުނޑި، ސައިފަތް
/ވ/ ވަދު ، ވިނަ، ވިލާ، ވާ
/ފ/ ފައި، ފަޅޯ، ފުނާ، ފިޔާ
/ށ/ ށ
/ހ/ ހޯނު، ހިނި، ހާ، ހިކަނދި

ދުލުގެ ދެއަރިމަތިން ވައި ބޭރުކުރުން (Lateral Fricatives)
ފިއްތި ފޯނީމްތަކުގައި ދުލުގެ ދެ އަރިމަތިން ވައި ބޭރުކުރާ އަޑެއް ހިމެނެއެވެ. ދޫ ގާތްކުރަނީ ހިރުގަނޑުގެ މައްޗާ އެވެ. ދިވެހިބަހުގައި މިގޮތަށް ނެރެވޭ އަޑެއް ނުހިމެނެއެވެ

ބޮޑު ޖާގައަކުން އަޑު ނެރުން (Approximant)
މިއީ އަނގައިތެރޭގައު މެދުމިނަކަށް ހިފެހެއްޓުމަށްފަހު ބޭރުކުރެވޭ އަޑުތަކެވެ. ދިވެހިބަހުގައި މި ގޮތަށް ކިޔާ އަޑަކީ /ޔ/ އެވެ.
/ޔ/ ޔާގޫތު، ޔޯޔޯ، 

ދުލުގެ ދެ އަރިމަތިން ވައި ބޭރުކުރުން (Lateral Approximant)
މިގޮތައް އަޑުނެރުމަކީ ދުލުގެ ދެ އަރިމަތީގައި ބޮޑު ޖާގައެއް އުފައްދައި ވައި (ނޭވާ) ބޭރުކުރަމުން އަޑުނެރުމެވެ. ދިވެހިބަހުގައި މި ގޮތަށް ކިޔާ ދެ އަޑަކީ /ލ/ އަދި /ޅ/ އެވެ.
/ލ/ ލާރި،ލާލު  ލޯ، ލިބާސް، ލުނބޯ
/ޅ/ ޅާނބު، ޅޮސްމިޔަރު، ޅޮސްފަނި,

އަޑު ނުކުންނަ އިރު އަޑުފޮށީ ގައިވާ ރާރާ

ބައެއް ފިއްތި އަޑު ނުކުންނަ އިރު، ގްލޮޓިސް ގެ ތެރެއިން ވައި ނުކުންނަނީ ރާރާ ނުވަތަ ވޯކަލް ފޯލްޑްސް އެއްވެސް ގޮތަކަށް ތުރުތުރު ނާޅާއެވެ. އަނެއްބައި އަޑު ނުކުންނައިރު، ރާރާ ތުރުތުރު އަޅައެވެ.
މިސާލު:
     ވެން /ވ/ އަކީ ރާރާ އަޑެކެވެ.
     ފެން / ފ / އަކީ ރާރާ އަޑެއް ނޫނެވެ.
ދިވެހިބަހުގައި ވޮއިސްޑް އަޑުތަކުގެ ތެރޭގައި ހިމެނެނީ/ބ/، /ވ/، /ދ/، /ގ/ އަދި /ޒ/ އެވެ

ދޫ އަޑުތައް: ވަވަލް، ވީއްލިފައިވާ އަޑު، ދޫ އަޑު

ލީން ނުވަތަ ދޫ ފޯނީމްތަކަކީ ފުއްޕާމެއިން ވައި ނުކުންނައިރު ލަގޮނޑީގައިވާ ރާރާ ތުރުތުރުއެޅުމާ އެކު ހިފެހެއްޓުމެއް، އަޅައިގަތުމެއް ނެތި އަޑުގެ ގުނަވަންތަކުން އިއްވާ އަޑެވެ.  މި ފޯނީމްތަކަށް ވަވްލް ފޯނީމް އަޑުތަކޭވެސް ކިޔައެވެ. ދިވެހި ބަހުގައި ލީން ފޯނީމްތައް ދެބަޔަށް ބައިކުރެވެއެވެ. އެއީ އެއް އަޑު ހިމެނޭ ލީން އަޑާއި ދެ އަޑު ހިމެނޭ ލީން ނުވަތަ ދޫ އަޑެވެ.
ދިވެހިބަހުގައި ހިމެނެނީ ލީން  10 ފޯނީމެވެ. އެ ފޯނީމުތަކަކީ އައާއިއީއުއޫއެއޭއޮއޯ އެވެ. އަދި ދިވެހި ތިރީގައިވާ ޗާޓުން ލީން އަޑުތައް ނެރޭ ޖަގަހަތައް ބަަލައި ލާށެވެ.

  • ކުރު ފިލި: (އަ) /a/، (އި) /i/، (އު) /u/، (އެ) /e/، (އޮ) /ɔ o/
  • ދެމޭ ފިލި: (އާ) /əː/، (އީ) /iː/، (އޫ) /uː/، (އޭ) /eː/، (އޯ) /ɔː oː/

ދިވެހި ބަހުގައި ޢާއްމުކޮށް ދެލީނުގެ އަޑުގޮތުގައި ފާހަގަ ކުރަނީ އައިބައި ފިއްޔާއި އައުބައު ފިއްޔެވެ. ނަމަވެސް އިތުރު އެހެން ދެފިލީގެ ނުވަތަ ދެލީނުގެ ފޯނީމްތައް ދިވެހިބަހުގައި ހިމެނެއެވެ. ޖުމްލަކޮށް ދިވެހި ބަހުގައި ސަތާރަ ދެލީނުގެ ފޮނީމު ހިމެނެއެވެ.

ހާއްސަ ސިފަތައް:

ސުކުން ފިލި
ސުކުން ފިލި <ް> އިން ދައްކުވައިދެނީ އަކުރަކަށް (consonant) ފަހު މަތިފިޔެއް (vowel) ނެތްކަމެވެ.
އް ސް ން ތް ށް

ހުސްނޫނު
ހުސްނޫނުނ‘.ފިއްޔެއް ނެތް ހާއްސަ ހާލަތެއް. ނ (“ނޫނު“) ގައި ފިއްޔެއް ނެތި އޮވެއްޖެނަމަ، އެއިން ދޭހަވަނީ ޖެހިގެން އަންނަ އަޑުގެ ކުރިއަށް ނޭފަތްޕިލަ އަޑު އަންނަ ކަމެވެ
މިސާލު:
     ކަނޑު /kandu/ މާނައަކީކަނޑު

‘އ’ ގެ ހާއްސަ ސިފަ
މީގައި
ތެރޭގައި (އ) //، (“އަލިފު“) އަކީ ވަކި ހާއްސަ ކަމެއް ދެވިފައިވާ، އަމިއްލަ އަޑެއް ނެތް (null consonant)، އަކުރެކެވެ. އަދި މި އަކުރަކީ ވަކިން  އޮންނަ ފިލިތަކަށް ބާރުދިނުމަށް ބޭނުންކުރެވޭ އަކުރެކެވެ.

އަޑު އިވުމުގެ ހިއްސާއި ފެނުމުގެ ހިއްސު އެކުލެވިގެން ވާ ކަމެއްކަން

އަޑު އުފައްދާ ގޮތް
Manner of Articulation
ދެތުންފަތް
Bilabial
ތުންފަތާއި ދަތް
Labiodental
ދަތް
Dental
ހިރުގަނޑު
Alveolar
އިދިފުށައް ތަލީގައި
Retroflex
ހަރުތަލި
Palatal
މަޑުތަލި
Velar
އަޑު/ލަގޮނޑި
Glottal
ބަންދުކޮށް ކުއްލިއަކަށް ހުޅުވާލުން
Plosive Prenasalised
ބ ޕ ނބދ ތ ނދޑ ޓ ނޑޖ ޗގ ކ ނގ
ނޯށުން
Nasal
މނޏން
ތުރުތުރުއެޅުވުން
Trill
ރ
ފިސްވާވަރަށް ގާތުން
Fricatives
ފ ވޒ ސށހ
ކިރިޔާ ފިސްނުވާވަރަށް ގާތުން
Approximant
ޔ
ގުނަވަނުގެ މެދުގަ ޖައްސާފައި
Lateral Approxiant
ލޅ

ބަހުގެ އަޑުތައް ދެނެގަތުމާއި އެއަޑުތައް ރަމްޒުކޮށްދޭ އަކުރުތައް ދެނެގަތުމަކީ އަޑުއެހުމާއި ފެނުމުގެ ހިއްސު އޭގައި އެކުލެވިގެން ވާކަމެކެވެ. މިހެން ކަމުން މި ހުނަރު އުނގަންނައި ދިނުމަށް ތައްޔާރު ކުރެވޭ އޮނިގަނޑަކީވެސް މިދެ ހިއްސައް ވެސް ރިޔާއަތް ކުރެވިގެންވާ އޮނިގަނޑަކަށް ވާންޖެހެވެ.

ބަހުގެ އަޑުތަކާއި އެ އަޑުތައް ރަމްޒުކޮށްދޭ އަކުރުތައް ފާހަގަކުރުން

ކުރެހުން ____، ފެންނަ ފަދައިން އަނގައިގެ ތެރޭގައި އަޑުތައް އުފައްދާ ޖަގަހަތަކަކީ ވަރަށް ކައިރި ކައިރީގައިވާ ތަންތަނެވެ. އަދި އަޑުތައް ތަފާތުވަނީ ވައި ބޭރުކުރުމުގަޔާއި ލެއްވޭ ތުރުތުރަކަށް ގެނެވޭ ވަރަށް ކުދި ކުދި ބަދަލު ތަކަކުން ކަމުން، އުނގަންނައި ދިނުމުގައި އަޑުތައް ސާފުކޮށް ނެރުމާއި އަޑު އުފައްދާ ތަންތަން ފާހަގަ ވެފައި ހުރުމަކީ މުހިންމު ކަމެކެވެ. މިގޮތުން އޯލަ ދިވެހިބަހުގެ އަޑުތަކުގެ އޮނިގަނޑުގައި، އަޑުގެ ޖަގަހަތަކަށް ވާނީ، އެކި ކުލަ ދެވި އަދި އެ ޖަގަހަތަކުން ނެރެވޭ އަޑުތައް ރަމްޒު ކޮށްދޭ އަކުރުތަކަށް ވެސް ވާނީ އެކުލަތައް ދީފައެވެ.

ލިޔާއިރު ލަފުޒުތަކުން ފިއްތި އަޑުތަކާއި ދޫ އަޑުތައް ފާހަގަކުރުން

ފިއްތި އަޑުތައް

ހ ށ ނ ރ ބ ޅ ކ އ ވ މ ފ ދ ތ ލ ގ ޏ ސ ޑ ޒ ޓ ޔ ޕ ޖ ޗ

ދޫ އަޑުތައް

◌ޯ ◌ޮ ◌ޭ ◌ެ ◌ޫ ◌ު ◌ީ ◌ި ◌ާ ◌ަ

ލަފުޒު ތައް ލިޔަން ދަސް ކުރާއިރު، ނުވަތަ ލިޔެފައި އޮންނަ ވަކި ވަކި ލަފްޒު ދަސް ކުރުމަށް ހުށައަޅާއިރު ލަފްޒުގައި އެކުލެވިގެންވާ އަޑުތައް ވަކިވަކިން ފާހަގަ ކުރެވޭނަމަ ކުދިންނަށް ލަފްޒެއް އުފެދިފައިވާ އަޑުތައް ފާހަގަކުރަން ފަސޭހަވާނެއެވެ. އެހެން ކަމުން މިގޮތައް ބޭޞުންކުރާއިރު، ފިއްތި އަޑުތަކަށް ވަކި ކުލައެއް ދޫއަޑުތަކަށް ވަކި ކުލަ ދީގެން ލިޔެވިދާނެއެވެ.

މިގޮތަށް ކުލަދިނުމަކީ، އުގަންނައި ދިނުމުގައި ގިނަ އަދަދުތައް ދެނެގަތުމަށް އެހީވެދޭ ބައިބައިކުރުންކަމަށްވާޗަންކިންގގެ އުކުޅަށް ބިނާކޮށްފައިވާ ގޮތެކެވެ.

ކުއްޖާގެ ސިކުނޑީގެ ތަރައްގީގެ ހަރުފަތްތަކަށް އޮލަނބުކުރެވިފައިވާ ތަޖުރިބާތައް

އުނގަންނައިދިނުމުގެ ތަޖުރިބާތަކަކީ ކުއްޖާގެ ސިކުނޑީގެ ތަރައްގީގެ ހަރުފަތްތަކަށް އޮލަނބުވާންޖެހޭ ތަޖުރިބާތަކަކަށް ވާންޖެހެއެވެ. ޝްރައިބާގް (1993) ގެޕްރޮފައިލް އޮފް ފޮނޮލޮޖީ ޑިވެލޮޕްމަންޓްގެ ނަޒަރިއްޔާތު ބަަޔާންކުރާގޮތުން، ކުޑަކުދިން ވާހަކަދެއްކުމުގެ އަޑުތައް އުފައްދަން ދަސްކުރަނީ ތަރުތީބުން އަންނަ ތިން މަރުހަލާއަކަށް ބެހިގެންނެވެ. އެއީކުރީކޮޅު، މެދުތެރެ، އަދި ފަހުކޮޅުގެ އަޑުތަކެވެ. މިއީ ކުޑަކުދިން ބަހުގެ އަޑުތައް އުފައްދަން ދަސްކުރާ ތަރުތީބު ދެނެގަތުމަށް ބޭނުންކުރާ އެންމެ މުހިންމު އެއް އޮނިގަނޑެވެ.

1. ކުރިން ދަސްވާ އަޑުތައް (3-4 އަހަރާ ދެމެދު)
މި އަޑުތައް އެންމެ ފުރަތަމަ ދަސްވަނީ މިއީ ތުންފަތް ޖައްސާލައިގެން ނުވަތަ ނޭފަތުން ވައި ބޭރުކޮށްގެން، ދޫ މާ ބޮޑަށް ހަރަކާތް ނުކޮށް ނެރެވޭ އަޑުތަކަކަށް ވާތީއެވެ.

އަޑު ނެރޭ ގޮތްIPAދިވެހި އަކުރު
ތުންފަތް ޖައްސައިގެން ނޭފަތުން ނެރޭ އަޑު
Bilabial nasal simple lip closure
/m/މ
ތުންފަތް ޖައްސައިގެން ބާރަށް ނެރޭ އަޑު
Voiced bilabial stop
/b/ބ
ތުންފަތް ޖައްސައިގެން މަޑުން ނެރޭ އަޑު
Voiceless bilabial stop
/p/ޕ
ދޫ ކުރީކޮޅުން ނޭފަތުގެ އެހީގައި ނެރޭ އަޑު
Alveolar nasal، tip of tongue
/n/ނ
ކަރުތެރެއިން ނެރޭ ވައި އަޑު
Glottal، breathy sound
/h/ހ
ދޫ މެދުން ނެރޭ މަޑު އަޑެއް
Palatal glide
/j/ޔ
ދަތްޕިލައާއި ދޫ ޖައްސައިގެން ނެރޭ އަޑު
Voiced dental/alveolar stop
/d/ދ

2. މެދުން ދަސްވާ އަޑުތައް (4-5 އަހަރާ ދެމެދު)
މި އަޑުތައް ނެރުމަށް ދުލުގެ ފަހަތް މަތީ ތަލީގައި ޖެއްސުން ފަދަ، ތަންކޮޅެއް ބޮޑު ކޯޑިނޭޝަނެއް ބޭނުންވެއެވެ.

އަޑު ނެރޭ ގޮތްIPAދިވެހި އަކުރު
ދުލުގެ ފަހަތް ތަލީގައި ޖައްސައިގެން ނެރޭ ވައި އަޑު
Voiceless velar stop, back of tongue
/k/ކ
ދުލުގެ ފަހަތް ތަލީގައި ޖައްސައިގެން ނެރޭ އަޑު
Voiced velar stop, back of tongue
/ɡ/ގ
ދަތްޕިލަ ތުންފަތުގައި ޖައްސައިގެން ނެރޭ އަޑު
Labiodental fricative, teeth on lip
/f/ފ
ތުންފަތާއި ދަތް ބޭނުންކޮށްގެން ނެރޭ އަޑު
Labiodental/Bilabial glide
/ʋ/ or /v/ވ
ދަތްޕިލައިގައި ދޫ ޖައްސައިގެން ނެރޭ އަޑު
Voiceless dental stop
/t/ތ
ވައި ހިފަހައްޓާފައި ބޭރުކޮށްގެން ނެރޭ ވައި އަޑު
Voiceless affricate
/t͡ʃ/ޗ
ވައި ހިފަހައްޓާފައި ބޭރުކޮށްގެން ނެރޭ އަޑު
Voiced affricate
/d͡ʒ/ޖ

3. ފަހުން ދަސްވާ އަޑުތައް (5-8 އަހަރާ ދެމެދު)
މިއީ އެންމެއުނދަގޫއަޑުތަކެވެ. މީގައި ދޫ ފަހަތަށް އޮޅާލުން ނުވަތަ ދޫ ތަޅުވައިލުން ފަދަ މަތީ ފަންތީގެ ހުނަރު ބޭނުންވެއެވެ.

އަޑު ނެރޭ ގޮތްIPAދިވެހި އަކުރު
ދަތްޕިލަ ދޭތެރެއިން ނެރޭ ވައި އަޑެއް
Alveolar fricative, hissing
/s/ސ
ދަތްޕިލަ ދޭތެރެއިން ނެރޭ ބާރު އަޑެއް
Voiced alveolar fricative
/z/ޒ
ދުލުކުރިން ރާރާ އަޅުވައިން ނެރޭ އަޑެއް
Alveolar tap/trill, very high motor skill
/r/ރ
ދުލުގެ އަރިމަތިން ވައި ބޭރުކޮށްގެން ނެރޭ އަޑު
Alveolar lateral, tongue sides
/l/ލ
ދޫ ފަހަތަށް ލަނބާލައިފައި ތަލީގައި ޖައްސާ ނެރޭ ވައި އަޑު
Retroflex stop
/ʈ/ޓ
ދޫ ފަހަތަށް ލަނބާލައިފައި ތަލީގައި ޖައްސާ ނެރޭ އަޑު
Voiced retroflex stop
/ɖ/ޑ
ދޫ ފަހަތަށް އޮޅާލައިގެން ނެރޭ އަޑު
Retroflex lateral
/ɭ/ޅ

  • އ (އަލިފު): ދިވެހި ބަހުގައި މިއީ އަމިއްލަ އަޑެއް ނެތް (null consonant) އަކުރެކެވެ. މިއީ ފިލިތައް ކިޔުމަށް ބޭނުންކުރާ އަކުރަކަށް ވާތީ، ޝްރައިބާގްގެ އޮނިގަނޑުގެ ތެރެއަކަށް ނުވަދެއެވެ.
  • ޏ (ޏަވިޔަނި): މިއީ ދުލުގެ މެދު ތަލީގައި ޖައްސައިގެން ނެރޭ ނޭފަތުގެ އަޑެކެވެ. މިއީ އިނގިރޭސި ބަހުގައި ނެތް އަޑަކަށް ވިޔަސް، މީގެ އުނދަގޫމިނަށް ބަލާއިރު މިއީ މެދު އަދި ފަހުން ދަސްވާ އަޑުތަކުގެ ދޭތެރޭގައި ހިމެނޭނެ އަޑެކެވެ.

އުނގެނުމުގެ ވަސީލަތްތައް އުފެއް ދުމުގައި ފަސޭހައިން އަހުލުވެރިވެވޭނޭ އޮނިގަނޑަކަށްވުން.

ޅަފަތުގައި ކިޔަންފަށާ ކުދިންނަށް ފުރިހަމަ އަދި ކާމިޔާބު ދަތުރެއް ކަށަވަރުކޮށްދިނުމަށްޓަކައި، ސިކުނޑީގެ ތަރައްގީއާއި ސްކީމާތަކާ (Schemas) އޮލަނބުވުން ވަރަށް މުހިންމެވެ. އެއީ އުނގެނުމަކީ ދިރިއުޅުމުގެ ތެރެއިން ހިނގާ ތަބީއީ ކަމަކަށް ވީތީވެ، ތަކުރާރުވާ އުޅުމާއި ވިސްނުމުގެ ނަމޫނާތަކުން ސްކީމާތައް ބިނާކޮށްދެއެވެ.  މިހެންކަމުން ކުދިންނަށް ހުށައަޅައިދެވޭ އަކުރުތަކާއި އަޑުތަކުގެ ޗާޓުތައް އެއްގޮތަކަށް ހުންނަނަމަ އަހުލުވެރިވުން އަވަސް ވާނެއެވެ. މިގޮތައް ތަކުރާރުކުރުމުގައި ސިކުނޑިއަށް ބުރަބޮޑުވުން (Cognitive Load) ކުޑަކުރުމަށްޓަކައި ކުލަ ބޭނުންކޮށްގެން ނިޒާމީ އެއްގޮތްކަމެއް ގެނައުމާއި ވަސީލަތްތައް ސިންދަފާތުކުރުން ހިމެނެއެވެ.

މި އޮނިގަނޑު ބޭނުން ކޮށްގެން ފަރުމާކުރވިދާނެ ބައެއް އުނގަންނައި ދިނުމުގެ ވަސީލަތްތައް

1. އޯލަ ދިބެހިބަހުގެ އަޑުތަކުގެ ޗާޓު

2. އަކުރު އުނގަންނައި ދިނުމަށް ބޭނުން ކުރާނެ ފުލޭޝް ކާޑު

3. ޝްރައިބާގް (1993) ގެޕްރޮފައިލް އޮފް ފޮނޮލޮޖީ ޑިވެލޮޕްމަންޓްގެ ހަރުފަތްތަކަށް އޮލަނބުކުރެވިފަިއވާ ވާހަކަތައް

4. އަކުރު ކޮޑި ބައި

5. އަކުރާ ލަފްޒާ ރޮނގުދަމައިން ގުޅުން

ނިންމާލުމުގެ ކުރިން

ބަހެއް ދަސްކުރުމާއި ބަހުން ވާހަކަ ދެއްކުމުގައި އެބަހެއްގެ އަޑުތައް ދެނެގަތުމަކީ އެންމެ އަސާސީ އެއް ކަމެވެ. ބަހެއްގެ އަޑުތައް ދެނެގަތުމަށްޓަކައި، އަޑު އުފެއްދުމަށް އިންސާނާ ބޭނުންކުރާ ގުނަވަންތައް ޙަރަކާތް ކުރާ ގޮތް އެނގުމަކީ ބަހެއްގެ އަޑުތައް ދެނެގަތުމަށާއި، އެއަޑުތައް ފުރިހަމައަށް އުފެއްދުމަށް ފަސޭހަވެގެންދާނެ ކަމެކެވެ. ޚާއްސަކޮށް ތުއްތު ކުދިންގެ ތަޢުލީމުގައި ޙަރަކާތްތެރިވާ ފަރާތްތަކަށް މި މަޢުލޫމާތުތަކުގެ މުހިންމުކަން އެނގުމަކީ، އެކުދިންނަށް ބަސް އުނގަންނައިދިނުމުގައި ލިބިގެންދާނެ ވަރަށް ބޮޑު އެހީތެރިކަމެކެވެ. ކުދިންނަށް އަޑުތައް އުފައްދަން ދަސްކޮށްދިނުމުގައި، އަޑު އުފެއްދުމަށް ބޭނުންކުރާ ގުނަވަންތައް ބޭނުންކުރާ ގޮތް ދަސްކޮށްދިނުމުން، އެކުދިންނަށް ފަސޭހައިން ބަސް ނަގައިގަތުމަށް މަގުފަހިވާނެއެވެ.
މިފަދަ ކަންކަމަށް ރިޢާޔަތްކޮށް،އޯލަ ދިވެހިބަހުގެ އަޑުތައް 1.0 އޮނިގަނޑުގެ މައިގަނޑު މަޤްޞަދަކީ، ވީހާވެސް ތިލަ ގޮތަކަށް ، ފަސޭހައިން ނަގައިގަނެވޭނެ ގޮތަކަށް ބަހުގެ އަޑުތަކަށް ހޭލުންތެރިކުރުމުގެ އޮނިގަނޑެއް ޤާއިމުކުރުމެވެ. ދިވެހިބަހުގެ އަޑުތައް ދަސްކުރުމާއި، އެއަޑުތައް ރަނގަޅަށް އުފެއްދުމަށް ބޭނުންވާ މަޢުލޫމާތުތައް ފަސޭހައިން ފޯރުކޮށްދިނުމެވެ. މިއީ ކެނޑިނޭޅި ތަރައްގީ ކުރެވެމުންދާނޭ މަސައްކަތެކެވެ. އަލަށް ހޯދޭ ހޯދުންތަކަށާއި، ބަހަށް އަންނަ ބަދަލުތަކަށް ރިއާޔަތްކޮށް، މި އޮނިގަނޑު ދާނީ ކެނޑިނޭޅި އަދާހަމަކުރެވެމުންނެވެ.
އޯލަ ގެ  އުންމީދަކީ މިފަދަ އޮނިގަނޑެއްގެ ސަބަބުން ދިވެހި ދަރިވަރުންގެ ކިޔުމުގެ ހުނަރު ހަލުވި ދުވެއްޔެއްގައި ތަރައްގީ ވެ ދިވެހިބަސް އުނގަންނައިދިނުމާއި ދަސްކުރުމުގެ މަސައްކަތްތަކަށް އިންޤިލާބީ ބަދަލުތަކެއް އައުމެވެ

ނޯޓް:
މި ގޮތަށް ކުލަ ދީގެން ބައިކުރުން އިތުރަށް ފުރިހަމަ ކުރުމަށާއި ހާއްސަކޮށް ކުލަވަކިކުރުމުގެ ދަތިކަން (Color Vision Deficiency) ހުންނަކުދިންނަށް ހާއްސަކޮށްގެން ތައްޔާރު ކުރެވިދާނެއެވެ.