Copyright © Oala Media 2020

ގޭތެރޭގައި ކުދިންނަށް ކުރެވިދާނެ ސައިންސު ކަމެއް!

ދުވަހަކުވެސް ކަރުދާސް ފޮށިފަދަ ރީސައިކަލް ކުރެވޭނޭ ތަކެތި ގޭތެރެއިން އުކާލަމުން “މީގެ ބޭނުން ހިފިދާނެ” އޭ ހިތައް އެރި ހެއްޔެވެ؟ ހަމަ ހަގީގަތުގައިވެސް ގޭގައި އުފެދޭ މިފަދަ ކުނިބުނީގެ ބޭނުން އުފެއްދުންތެރި ގޮތުގައި ހިފިދާނެއެވެ. “އޯލަ” އެޕްގައި ހިމެނޭ “ސައިންސު ކަމެއް” މި ސިލްސިލާގައި، ސައިންސް އަށް ބިނާކޮށް އުފައްދާފައިވާ ކްރާފްޓްތަކަކީ މިފަދައިން ގޭގައި ބޭނުންކުރާ ތަކެތި ބޭނުންކޮށްގެން ސްޓީމް ކޮންސެޕްޓްތައް (ސައިންސް، ޓެކްނޮލޮޖީ، އިންޖިނިއަރިން، އާޓް، އަދި ހިސާބު) މަޖާ އަދި ޝައުގުވެރި ގޮތަކަށް ތައާރަފުކުރާ ކްރާފްޓްތަކެކެވެ.

އެޕިސޯޑު 1: ލުނބޯއިން ބޮކި ދިއްލުން

ފުރަތަމަ ވީޑިއޯއިން ދައްކާލަނީ ޖާދުލެއް ކަމުގައި ހީވިޔަސް އެއީ ސާފު ސައިންސެކެވެ! ލުނބޯ، ވަޔަރު، އަދި ގޭތެރޭގައި ބޭނުންކުރާ ބައެއް ތަކެތި ބޭނުންކޮށްގެން (ތަފްސީލް ހޯދުމަށް އެޕްގެ ވީޑިއޯ ޗެކް ކޮށްލައްވާ)، އެލްއީޑީ ބޮތްކެއް ދިއްލާ ކުޑަ ބެޓެރީއެއް އުފެއްދިދާނެއެވެ. މިއީ އިލެކްޓްރޯކެމިސްޓްރީއަށް ވަރަށް ރަނގަޅު ތަޢާރަފެކެވެ. ލުނބޯ ބަޔޯބެޓެރީއެއްގެ ގޮތުގައި މަސައްކަތް ކުރާއިރު، އޭގެ އެސިޑްތަކާއި މެޓަލްތަކުގެ ސަބަބުން ވަޔަރުތަކުގެ ތެރެއިން ދައުރުވާ ކުޑަކުޑަ އިލެކްޓްރިކަލް ކަރަންޓެއް އުފެދި، އެލްއީޑީ އަލިކޮށްދެއެވެ.

އެޕިސޯޑު 2: ފުއްޕާހަމުން ކާރެއް ދުއްވުން

ދެން ބޯ ކަރުދާސް ހޮޅިއެއް، ވައިގެ ބާރުގައި ދުވާ ކާރަކަށް ބަދަލުކޮށްލައެވެ. މި ހަރަކާތުގައި ‘އެކްޝަން’ އާއި ‘ރިއެކްޝަން’ ދައްކުވައިދެއެވެ. ފުއްޕާފައިވާ ހަމުން ވައި ނުކުމެގެން ދާއިރު، ކާރު ކުރިއަށް ކޮއްޕާލަނީ އިދިކޮޅު ދިމާލަށެވެ. އެއީ ނިއުޓަންގެ “މޯޝަން” ގާނޫނު ދައްކުވައިދިނުމަށް ރަނގަޅު ގޮތެކެވެ. ކޮންމެ އަމަލަކަށް ވެސް އޭގެ މިނުން ހަމަހަމަ އަދި އިދިކޮޅު ހަރަކާތެއްވެއެވެ. އެޕްގައި ހިމެނޭ މި ވީޑިއޯ ބަލައިގެން ތަފާތު ކާރު ޑިޒައިންތައް ތައްޔާރު ކުރެވިދާނެއެވެ. އެންމެ އަވަސް ދުވެލީގައި ދާ ކާރު އުފައްދާނީ ކާކު ހެއްޔެވެ؟

އެޕިސޯޑު 3: “ކެޓަޕުލްޓް” ނުވަތަ އުންޑައެއް ހެދުން

އިހު ޒަމާނުގެ އިންޖިނޭރުންނަށް ގޮވާލަމެވެ. މި އެޕިސޯޑުގައި ދައްކުވައިދޭ، ލޮލީ ދަނޑިން ހަދާ އުންޑައަކީ ‘ޕޮޓެންޝަލް’ ހަކަތަ ކިޔާދިނުމަށް ރަނގަޅު ތަޢާރަފެކެވެ. އޯލަ އެޕްގައި ހިމެނޭ މި ވީީޑީއޯއިން ތާރީހުގެ ހަނގުރާމަތަކުގައިވެސް ބޭނުންކޮށްފައިވާ ފަދަ ‘ލޯންޗިންގް ޑިވައިސް’އެއް ގޭގައި ހަދާނޭ ގޮތް ދައްކާލަދެއެވެ. ‘ލީވަރ އަރމް’ (ލޮލީ ދަނޑި) ފަހަތަށް ކޮއްޕާލުމުން، ‘ޕޮޓެންޝަލް އެނަރޖީ’ ރަބަރު ބޭންޑުގައި ރައްކާވެއެވެ. އަދި ދޫކޮށްލުމުން އޭގެ ބާރުގައި ޓީޓީ ބޯޅަ އެއްލައެވެ.

އެޕިސޯޑު 4: ވައިގެބާރުން ތައްޓެެއް ހިއްލާލުން

މިއީ އިއާދަކުރުވަނިވި ހަކަތަ، ނުވަތަ “ރިނިއުވަބަލް އެނާރޖީ”އަށް ވަރަށް ރަނގަޅު ތަޢާރަފެކެވެ. ކާޑުބޯޑުން އާދައިގެ ވިންޑް ޓަރބައިންއެއް ހަދައިގެން، ވައިގެ ބާރާއި، އޭގެ ސަބަބުން ކަރަންޓު އުފެއްދުމުގެ ގާބިލުކަން ހޯދިދާނެއެވެ. އެޕްގައި ހިމެނޭވީޑިއޯއިން ތަޕްސީލުކޮށް ކިޔައިދެނީ، ކަރުދާހުން ބުރަފައްޗެއް ހަދާ. އެއިން ދައުރުކުރާ ވައިގެ ބާރުން ތައްޓެއް ހިއްލާނޭ ގޮތެވެ. މި ހަރަކާތުގަ ހިމެނޭ ސައިންސަކީ ވައިގެބާރުން ބުރަފަތި އެނބުރުމުގެ ސަބަބުން، “ކައިނެޓިކް” ހަކަތަ ބަދަލުވަނީ “ރޮޓޭޝަނަލް” ހަކަތައަށެވެ. އަދި މި ހަކަތައިގެ ބާރުން ތަށި ހިއްލާލައެވެ.

މި ކްރާފްޓްތަކަކީ ‘ސްޓީމް’ އުނގެނުމުގެ ފޯރިގަދަ ދުނިޔެއަށް ލިބޭ ކުޑަކުޑަ ތައާރަފެކެވެ. އުފެއްދުންތެރިކަމާއި ޢިލްމީ އުސޫލުތައް ގުޅުވައިގެން، ކުޑަކުދިންގެ ކިބައިގައި އުނގެނުމާއި ހޯދުންތަކަށް ލޯބި އާލާކުރެވިދާނެއެވެ. މިކަން ކުރުމަށް، ކުޑަކުޑަ ސައިންޓިސްޓުން، ފަންނުވެރިން، އަދި އިންޖިނިއަރުން ގޮވައިގެން، ކާޑުބޯޑް ކާރު ރޭސް، ވިންޑް ޓަރބައިން ބިލްޑިންގ  ފަދަ މަޖާ ހަރަކާތްތަކުގައި ބައިވެރިވާށެވެ. އަދި ހަނދުމަ ކުރައްޗެވެ. ކުދިން އުނގެނުމަށް ކުދިންގެ އުނގެނުމަށް އެންމެ މުހިންމު މާއްދާއަކީ ޝައުގުވެރިކަމެވެ. ސުވާލުކޮށް، ތަޖުރިބާކޮށް، މަޖާކޮށްލާށެވެ!

Leave a Reply

Your email address will not be published.Required fields are marked *